މާދަމާ އަކީ މި ރޯދަ މަހުގެ އެންމެ ފަހު ދުވަސް ކަމަށާއި، މި އަހަރުގެ ފިޠުރު އީދަކީ އަންނަ ހޯމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ އިއުލާންކޮށްފި އެވެ.
ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިއްވި، ޝައްވާލް މަހުގެ ހަނދާ ބެހޭ ގަރާރުގައި ބުނެފައިވަނީ އީދު ދުވަހަކީ އަންނަ ހޯމަ ދުވަސް ކަމަށް ކަނޑައެޅީ މިއަދުގެ އިރު އޮއްސުމަށް ފަހުގައި ރާއްޖޭގެ އެއްވެސް ހިސާބަކަށް ޝައްވާލް މަހުގެ ހަނދު ފެނިފައި ނުވާތީ ކަމަށެވެ.
އެގޮތުން މިގޮތަށް ކަނޑައެޅީ އިސްލާމީ އެއްވެސް ގައުމަކަށް ވެސް ޝައްވާލް މަހުގެ ހަނދު ސާބިތުވެފައި ނުވާތީ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"މާތް ﷲ އަޅުގަނޑުމެން ހިފި ރޯދަ އާއި މި ބަރަކާތްތެރި މައްސަރުގައި ކުރި ހެޔޮ އަމަލުތައް ގަބޫލު ކުރައްވައި އަޅުގަނޑުމެންގެ ފާފަ ފުއްސަވާށި. އަދި ރަމަޟާން މަހަށް ފަހު ވެސް ހެޔޮ އަމަލުތައް މަތީ ދެމިތިބުމުގެ ތައުފީގު އަޅަމެންނަށް ދެއްވާށި " ހަނދަ ބެހޭ ބަޔާނުގައި ވެ އެވެ.