Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

ދެން ކޮންޓްރޯލެއް ނެތި މަސް ކިރުވޭނެ

ކޮންޓްރޯކޮށްގެން މަސް ގަތުން ނިމުމަކަށް ގެނެސް މިފްކޯ އިން އިއްޔެ ފެށިގެން ކޮންޓްރޯލްއެއް ނެތި މަސް ގަންނަން ފަށައިފި އެވެ.

ސަރުކާރުގެ މަސް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ދެކުނުގެ މަސްވެރިކަން މާޗް މެދުތެރެއިން ފެށިގެން އާދަޔާޚިލާފަށް ރަގަނޅުވެ އެއްފަހަރާ ގިނަދޯނިފަހަރުތަކާއި ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް ގޮސްފައިވާތީ މިފްކޯގެ ފްރީޒިންގ ކެޕޭސިޓީ އަށް ވުރެން އިތުރަށް މަސް ލިބެމުން ގޮސްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން މިފްކޯ އަށް މަސްނުކިރޭ މައްސަލަ ދިމާވެ. މަސްވެރިންގެ ބޮޑެތި ކަންބޮޑުވުންތަކެއް ވެސް އުފެދުނެވެ. އަދި މި މަހުގެ އިން ފެށިގެން މަސްކިރުން ކޮންޓްރޯލްކުރި އެވެ. ނަމަވެސް އިއްޔެ އިން ފެށިގެން ކޮންޓްރޯލް ދޫކޮށްލައި މަސްކިރުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މަސް ނުކިރޭ މައްސަލައާ ގުޅިގެން މި މަހުގެ ކުރީކޮޅު ދޯންޏަކުން ފަސް ޓަނުގެ މަސް ގަންނަން ނިންމި ނަމަވެސް މަސްވެރިންގެ ޑިމާންޑާ އެކު ފަހުން ދޯންޏަކުން ހަތް ޓަނުގެ މަސް ގަންނަން ނިންމި އެވެ. އެކަމަކު މިހާރު ކޮންޓްރޯލެއް ނެތެވެ.