ގދ. މަޑަވެލި ކައުންސިލްގެ ލޯގޯ ފަރުމާކުރަން ހުޅުވާލައި އިނާމަކަށް 3،000ރ. ހުށަހަޅައިފި އެވެ.
އެ ކައުންސިލުން ބުނީ ލޯގޯ ފަރުމާކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ލޯގޯ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 16 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. މިކަމާ ބެހޭ އިތުރު މައުލޫމާތު ކައުންސިލްގެ ނަމްބަރު 6840006 އާއި [email protected] މި އިމެއިލް މެދުވެރިކޮށް ވެސް ހޯދޭނެ އެވެ.
މަޑަވެލި ކައުންސިލުން ބުނީ ލޯގޯ ފަރުމާކުރަން ހުޅުވާލި މުބާރަތަށް ހުށަހަޅަން ޖެހޭނީ އެ ޑިޒައިންކުރާ މީހެއްގެ އޮރިޖިނަލް ޑިޒައިނަކަށެވެ. އަދި ކޮޕީ ޑިޒައިންތައް ބަލައެއްނުގަންނާނެ އެވެ. އަދި ލޯގޯ ވާން ޖެހޭނީ މަޑަވެލި ރަމްޒުކޮށްދޭ ކަހަލަ އެއްޗަކަށެވެ.