Last Updated: March 29, 06:30
Friday, March 29, 2024
ޚަބަރު

އީދު ބަންދަށް އޭއީއެޗްގެ ތާވަލަށް ބަދަލުތަކެއް

މާދަމާ ފާހަގަކުރާ ފިތުރު އީދާ ގުޅިގެން އީދު ބަންދު ތެރޭގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ހިދުމަތްދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެގޮތުން މާދަމާ އިން ފެށިގެން މި މަހުގެ 8 އާ ހަމައަށް އާންމު ބައެއް ހިދުމަތްތައް ދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފައިވެ އެވެ. މި ބަދަލުތަކަށް ބަލާ އިރު، ސްޕެޝަލިސްޓުންނާއި ޖެނެރަލް ކޮންސަލްޓޭޝަން ކުރިއަށް ދާނީ މި މަހުގެ 7،5،3 އަދި 8 ގެ ހެނދުނު 8:00 އިން މެންދުރު ފަހު 2:00 އަށެވެ.

ލޭ ހަދިޔާކުރެވޭނީ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 7:30-11:30 އަށެވެ. ލޭ އެޅުމުގެ ހިދުމަތް ދޭނީ އީދާިއ ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ރޭގަނޑު 7:30 އިން 11:30 އަށެވެ.

ބޭސްއަޅައި ދިނުމުގެ ހިދުމަތް ދޭނީ އީދާއި ހުކުރު ދުވަސް ފިޔަވައި އެހެން ދުވަސްތަކުގެ ހެނދުނު 7:30 އިން މެންދުރު ފަހު 3:00 އަށެވެ. އަދި ކުދިންނަށް ވެކްސިން ދޭނީ މި މަހުގެ 5 ގެ ހެނދުނު 9:00 އިން މެންދުރު 12:00 އަށެވެ.

ލެބްޓްރީގެ ހިދުމަތްތައް ލިބޭނީ 7،5،3 އަދި 8 ވަނަ ދުވަހުގެ ހެނދުނު 8:30 އިން ހަވީރު 5:00 އަށެވެ. މެޑިކަލް ޗެކަޕްތައް ހަދައިދޭނީ ހަމަ އެ ދުވަސްތަކުގެ ހެނދުނު 8:30 އިން 12:00 އަށެވެ.