Last Updated: May 2, 09:49
Thursday, May 2, 2024
ޚަބަރު

ޓީޗަރުންނަށް އުފާވެރި ހަބަރު ދިނުން 1:45 ގައި

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލްގައި ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތުން:-ފޮޓޯ-ރައީސް އޮފީސް

އަންނަ މަހުން ފެށިގެން ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންގެ މުސާރައަށް އަންނާނެ ހެޔޮ ބަދަލު އިއުލާން ކުރެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މެންދުރު ފަހު 1:45ގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ އެވެ.

މިއަދުގެ ނޫސްވެެރިންގެ ބައްދަލުވުމުގައި ރައީސް މީގެ ކުރިން އިއުލާން ކުރެއްވިގޮތައް ޓީޗަރުންގެ މުސާރައަށް އަންނާނެ ހެޔޮ ބަދަލުގެ އޮނިގަނޑު ނިމި އެކަމުގެ ތަފްސީލް ދޭނެކަމަށް މައުލޫމާތުލިބެއެވެ. އެހެން ކަމުން ޓީޗަރުންގެ މުސާރަކުޑަވުމުގެ ޒަމާންވީ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އަދި ހާއްސަކޮށް މިއަދުގެ މި ޕްރެސްކޮންފަރެންސްއަށް އެންމެ ބޮޑަށް އިންތިޒާރުކުރާނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންކަމަށްބެލެވެ އެވެ.

މިއަދުގެ މި ނޫސްވެރިންގެ ބައްދަލުވުން ގިނަ ޓީވީޗެނަލްތަކުން ލައިވްކުރާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ޓީޗަރުންނަށް އެކަށީގެންވާ މުސާރައެއް ދިނުމަކީ މިސަރުކާރުން ވެފައިވާ ވައުދެއް ކަމަށެވެ.އެހެންކަމުން މޭ މަހުން ފެށިގެން ތައުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ނިންމާފައިވާކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.

"އަންނަ މޭ މަހުން ފެށިގެން ތަޢުލީމީ ދާއިރާގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަޅުގަނޑު ނިންމައިފިން. ިމބަދަލާއެކު، ގުރެޖުއޭޓް ލެވެލްގެ ސެކަންޑަރީ ޓީޗަރެއްގެ މުސާރަ، އިތުރުގަޑި ނުލާ 12,628 ރުފިޔާ އިން 19,740 ރުފިޔާއަށް ބޮޑުވެގެންދާނެ. މިއީ 56 ޕަރސެންޓްގެ ކުރިއެރުމެއް." ރައީސް ސޯލިހް ވިދާޅުވެފައިވެއެވެ.

ތައުލީމީ ދާއިރާ ހަރުދަނާކުރެއްވުމަށް މި ސަރުކާރުން ކުރައްވާ މަސައްކަތާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ނިމިދިޔަ އަހަރު 4,082 ޓީޗަރުންނަށް ބޭނުންވާ ތަފާތު ހުނަރާ ތަމްރީން އަދި 20 ޕްރިންސިޕަލަކަށް މާސްޓަރސް ފެންވަރަށް ތަމްރީންވުމަށް ރާއްޖެއިން ބޭރުން ފުރުޞަތު ހޯދާދެވިފައިވާކަމަށެވެ. އަދ މިކަންކަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ސޯލިހް ވިދާޅުވީ ސްކޫލްތައް އެއްދަންފަޅިއަށް ބަދަލުކުރުމަށް ބޭނުންވާ އުމްރާނީ ވަސީލަތް ސަރުކާރުން ބިނާ ކުރަމުން އަންނަކަމަށެވެ. އެގޮތުން މި ދައުރުގައި 23 ސްކޫލެއް އެއްދަންފަޅިއަށް މުޅިން އަލަށް ބަދަލުކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ އެންމެ އުޖޫރަވެސް ކަނޑައަޅާފަ އެވެ. ދައުލަތުގެ އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން 7000 ރުފިޔާއަށްވުރެ ކުޑަ އުޖޫރައެއް ލިބޭ މީހަކު މިހާރު ނުހުންނާނެ އެވެ.