Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

މިނިމަމް ވޭޖުން ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރަން: ނާޒިމް

ފޮޓޯ: އެމްއެންޕީ

މިނިމަމް ވޭޖް ކަނޑައެޅުމުން މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުވީކަމަށް ގަބޫލުނުކުރާ ކަމަށް އެމްއެންޕީގެ ރައިސް އަދި ދަނގެތީ ދާއިރާގެ މެމްބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި ކާނަލް ނާޒިމް ވަނީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ މަސައްކަތްތެރިންނަށް އަރިސްކޮށްފައެވެ.

އަދި ވިދާޅުވީ ރާއްޖޭގައި އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުން މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުވީކަމަކަށް ގަބޫލުނުކުރާ ކަމަށެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ގިނަގުނަ ކަމަށާއި، އެކަންކަން ކަށަވަރުވޭތޯ ބަލަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މޭ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސި ވައުދުގެ ތެރޭގައި ހިމަނައިގެން ރާއްޖޭގައި މިނިމަމް ވޭޖް ދޭން ފަށާފައިވަނީ މިދިޔަ އަހަރުއެވެ.