Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އެމްޑީޕީ އޮންނަންޖެހޭނީ މަސައްކަތްތެރިންގެ އެންމެ ގާތް މަދަދުވެރިޔާގެ ގޮތުގައި: އިންތި

މެމްބަރު އިމްތިޔާޒް ފަހުމީ-- ފޮޓޯ: ރައްޔިތުންގެެ މަޖިލިސް

އެމްޑީޕީ އޮންނަންޖެހޭނީ މަސައްކަތްތެރިންގެ އެންމެ ގާތް މަދަދުވެރިޔާގެ ގޮތުގައި ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައި އިންތި ވިދާޅުވީ ތިމާގެ ހަލާލު މަސައްކަތުން ތާހިރު ދިރިއުޅުމެއް އުޅޭ ދިވެހި މަސައްކަތްތެރިޔާ އުފެއްދުމަކީ އެމްޑީޕީގެ އެންމެ ބޮޑު މަސައްކަތް ކަމަށެވެ.

އެމްޑީޕީ އަބަދުވެސް އޮންނަންޖެހޭނީ މަސައްކަތްތެރީންގެ އެންމެ ގާތް މަދަދުވެރިޔާގެ ގޮތުގައި ކަމަށް ވެސް އިމްތިޔާޒް ވިދާޅުވިއެވެ. އަދި އެމްޑީޕީގެ އަމާޒު ކައްސާލިޔަދީގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް މޭ 1 ވަނަ ދުވަހަކީ މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަ ދުވަހެވެ.