Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

ޕްރިންސިޕަލުންގެ މުސާރަ 30،000ރ. އިން މައްޗަށް

ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރައަށް ގެނައި ބަދަލާއެކު ޕްރިންސިޕަލުންގެ މުސާރަ 30،000 ރުފިޔާއަށް ވުރެއް ބޮޑު ވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެކި މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައިވާއިރު، މިނިސްޓަރު އަމީރު ވިދާޅުވީ ޕްރިންސިޕަލުންގެ ރޭންކު އެކެއްގައި 127 މުވައްޒަފުން އަދި ރޭންކު ދޭއްގައި 48 މުވައްޒަފުން ހިމެނޭހެން ޖުމްލަ 175 ޕްރިންސިޕަލުންގެ މުސާރަ މިއާއެކު ބޮޑުވާނެ ކަމަށެވެ.

ޕްރިންސިޕަލުންގެ މުސާރައަށް އަންނަ ބަދަލު:

ޕްރިންސިޕަލް ރޭންކް 1: މިހާރު ލިބޭ އެވްރެޖު މުސާރަ 16،796ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 30،610ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 13،231ރ)
ޕްރިންސިޕަލް ރޭންކް 2: މިހާރު ލިބޭ އެވްރެޖު މުސާރަ 20،798ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 33،075ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 11،767ރ)

ޑެޕިއުޓީ ޕްރިންސިޕަލުންގެ މުސާރައަށް އަންނަ ބަދަލު:

ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް 1: މިހާރު ލިބޭ އެވްރެޖު މުސާރަ 13،079ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 23،240ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 9،726ރ)
ޑެޕިއުޓީ ޕްރިންސިޕަލް ރޭންކް 2: މިހާރު ލިބޭ އެވްރެޖު މުސާރަ 16،830ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 26،023ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 8،783ރ)