Last Updated: June 13, 02:24
Friday, June 12, 2026
ޚަބަރު

އާ ބަދަލާ އެކު ގިނަ ޓީޗަރުންގެ މުސާރަ 20،000ރ. އަށްވުރެެ ބޮޑު!

ޓީޗަރުންގެ ކޮންފަރެންސްގެ ތެރެއިން - ފޮޓޯ: މިހާރު

ޓީޗަރުންގެ މުސާރައަށް މިއަދު ގެނައި ހެޔޮ ބަދަލާއެކު ގިނަ ޓީޗަރުންގެ މުސާރަ 20،000 ރުފިޔާއަށްވުރެއް ބޮޑުވެގެންދާނެކަން ހާމަކޮށްފިއެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވައުދުވެވަޑައިގެންނެވި ގޮތަށް ޓީޗަރުންގެ މުސާރަ ބޮޑުކުރިއިރު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ޓީޗަރުންގެ މުސާރައަށް އައިސްފައިވާ ބަދަލުތައް ހާމަކުރައްވާފައެވެ.

ޓީޗަރުންގެ މުސާރަ ބޮޑުކުރުމުން އައި ބަދަލު:

ސްކޫލް ޓީޗަރު، ރޭންކް 1 (1799 ޓީޗަރުން): މިހާރު ލިބޭ އެވްރެޖު މުސާރަ 10،889ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 13،266ރ – ޕެންޝަނަށް ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭނެ މުސާރަ 12،621ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 2،246ރ)

ސްކޫލް ޓީޗަރު، ރޭންކް 2 (2845 ޓީޗަރުން): މިހާރު ލިބޭ އެވްރެޖު މުސާރަ 13،008ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 19،467ރ – ޕެންޝަނަށް ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭނެ މުސާރަ 18،658ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 6،259ރ)

ސްކޫލް ޓީޗަރު، ރޭންކް 3 (2171 ޓީޗަރުން): މިހާރު ލިބޭ އެވްރެޖު މުސާރަ 15،135ރ – ބަދަލާއެކު ލިބޭނެ އެވްރެޖު މުސާރަ 20،895ރ – ޕެންޝަނަށް ކެނޑުމަށްފަހު ގެއަށް ގެންދަން ލިބޭނެ މުސާރަ 20،026ރ (އެވްރެޖް ގޮތެއްގައި އިތުރުވި ވަރު 5،590ރ)

މީގެއިތުރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ މީގެ ކުރިން ލީޑަރުން ޓީޗަރުންނަށް ދެމުން އައި 1000 ރުފިޔާގެ އެލަވަންސް ދެ ގުނަ ބޮޑުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މީގެ ފަހުން 2000 ރުފިޔާގެ އެލަވަންސެއް ލިބޭނެ ކަމަށެވެ.