Last Updated: May 19, 18:46
Sunday, May 19, 2024
ޚަބަރު

ޕީޕީއެމް އޮފީހުގައި އަނެއްކާވެސް އިންޑިއާ އައުޓު ބެނާ ދަމައިފި

އިންޑިއާ އައުޓުގެ ބެނާއެއް އަނެއްކާވެސް އިދިކޮޅު ޕީޕީއެމް އޮފީހުގައި ދަމައިފިއެވެ.

އިދިކޮޅު ޕީޕީއެމްއިން ފަށާފައިވާ އިންޑިއާ އައުޓު ކެމްޕެއިނަކީ ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާއި ބެހޭ ކަނޑައެެޅުމާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރައީސަށް ލިބިގެންވާ ބާރުގެ ދަށުން އެ ކެމްޕެއިން މަނާ ކުރުމަށް ގަރާރެއް ނެރެފައެވެ. އަދި ފުލުހުން ވަނީ މީގެ ކުރިން ޕީޕީއެމް އޮފީހާއި، އިދިކޮޅު ލީޑަރ ކުރީގެ ރައީސް ޔާމީންގެ ގޭގައި ދަމާފައިވާ ބެނާ ކޯޓު އަމުރެއްގެ ދަށުން ނަގާފައެވެ.

މިފަހަރު އިދިކޮޅުން ދެމި ބެނާގައިވަނީ އިންޑިއާ ދިދައިގެ ކުލަ ހިމަނައި، "އައުޓު" ލިތެފައެވެ. މީގެ ކުރިން ވަނީ ސްޕެލިން ބަދަލުކޮށްވެސް އިންޑިއާ އައުޓު ބެނާ ދަމާފައެވެ. އިދިކޮޅުން ބުނީ މި މަސައްކަތް ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓަލީ ސިފައިން ފައިބަންދެންް ކުރިއަށް ގެންްދާނެކަމަށެވެ.

އިންޑިއާ އާއި ދެކޮޅަށް އިދިކޮޅުން ކުރިއަށްގެންދާ ކެމްޕެއިންނާއި ގުޅޭގޮތުން ސަރުކާރުން ބުނީ އަވަށްޓެރި އިންޑިއާ ކަމުގައި ވީނަމަވެސް، އެހެން ޤައުމެއް ކަމުގައި ވީނަމަވެސް ވަކި ޤައުމަކާއި ވަކި ނަސްލަކާއި، މެދުގައި އެބާވަތުގެ ނަފްތަރެއް އުފައްދައި، މީސްމީހުންގެ ފުރާނައަށާއި، އަދި ދިރިއުޅުމަށް އޭގެން ދެރަވާ ހިސާބަށް ކަންކަން ގެންދިއުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.