Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

މޯލްޑިވިއަންގެ ޓިކެޓުން 180ރ. ގެ ބޮޑުވުމެއް

މޯލްޑިވިއަންގެ ފަސިންޖަރުން އަތުން ނަގާ ފިއުލް ސާޗާޖް ބޮޑުކޮށްފި އެވެ.

ގައުމީ އެއާލައިިން އޮޕަރޭޓްކުރާ އައިލޭންޑް އޭވިއޭޝަން ސާވިސެސް (އައިއޭއެސް) އިން ބުނީ ފަސިންޖަރުންގެ އަތުން ނަގާ ފިއުލް ސާޗާޖް ބޮޑުކުރަން މަޖުބޫރުވީ ޖެޓް ފިއުލްގެ އަގު ބޮޑުވުމުން ކަމަށެވެ. އެ ކުންފުނިން ބުނީ މިދިޔަ އަހަރުން ފެށިގެން ޖެޓް ފިއުލް ގަންނަން މިހާރު ލިބެނީ 50 ޕަސެންޓް ބޮޑުކޮށް ކަމަށެވެ.

އެހެންވެ ސާޗާޖަށް ގެނައި ބަދަލާ އެކު ފަސިންޖަރުން އަތުން ނަގާ ފިއުލް ސާޗާޖް، ކޮންމެ ކޮޅަކަށް 180ރ. ބޮޑުކޮށްފައިވެ އެވެ. މިއާ އެކު މިއީ އާންމުން ޓިކެޓް ގަންނަން ކުރާ ހޭދަ އަށް އައި ބޮޑުވުމެކެވެ.

އައިއޭއެސް އިން ޖެޓް ފިއުލް ގަންނަނީ އެމްއޭސީއެލުންނެވެ.