Last Updated: June 12, 02:23
Thursday, June 11, 2026
ޚަބަރު

14 އަތޮޅަކަށް މޫސުން ގޯސްވެ ވައިޓް އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ފ.އަތޮޅާއި ހަމައަށެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 22:00 އާއި ހަމައަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ.