Last Updated: April 25, 09:40
Thursday, April 25, 2024
ރިޕޯޓް

ކާލަމާ: ގްރިލްޑް ޗީޒީ ގާލިކް ބްރެޑް

* ބޭނުންވާނެ ތަކެތި:

2 މޭޒުމަތީ ސަމުސާ ބަޓަރު
1 ލޮނުމެދު (ކުދިކޮށްކޮށައި ޗިސްކޮށްފައި)
2 ނާން
ލޮނު، އަސޭމިރުސް
2/3 މޮޒަރެއްލާ (ގާނާފައި ހުރި)

* ތައްޔާރުކުރާނެ ގޮތް:

ގްރިލް ކުރަން ބޭނުންކުރާ ތާހެއްގެ ތެރެއަށް ތެޔޮފޮދެއް އަޅައި މަޑު ގިނީގައި ހޫނުކުރަން ޖައްސާށެވެ. ދެން ބޯތައްޓެއްގައި ބަޓަރު، ލޮނުމެދު، ލޮނު، އަސޭމިރުސް އެއްކޮށްލުމަށް ފަހު ނާންގެ ދެ ފުށުގައި ކާއްތާލާށެވެ.
ދެން ތާސް އުދި އުދުން މަޑުގިންޔަށް ޖައްސާފައި އޭގެ މައްޗަށް ނާންލައިގެން ގްރިލްކޮށްފައި، ނާންގެ ކޮންމެ ފަޅިއެއް ދެ މިނެޓެއްހާ އިރު ފިހެލާނީ އެވެ.
ދެން ނާންގެ މައްޗަށް މޮޒަރެއްލާ އަޅާފައި ތަވާގެ މަތިޖަހައި ދެ މިނެޓެއްހާއިރު ބަހައްޓާނީ އެވެ.