ފުވައްމުލަކުގައި އިއްޔެ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީފުން ބުނެފި އެވެ.
އިއްޔެ މެންދުރު ފަހު ފުވައްމުލަކު މެރާ ދިމާލުން ބޭރަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނީ އެ ސިޓީގެ ނީމޯ (ނޫވިލް) މުހައްމަދު ސައީދު، 35، އެވެ. އޭނާ ގެއްލިގެން ރިޕޯޓްކުރުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސްކޮޑްރަން އިން އޭނާ ހޯދުމުގެ މަސައްކަތް އަންނަނީ ހުއްޓުމެއް ނެތި ކުރަމުންނެވެ.
އެކަމަކު މިހާތަނަށް ކުރެވުނު މަސައްކަތުން ސައީދުގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުންޏެވެ.
އޭނާއާ އެކީ އިއްޔެ މަހްމޫދު ފާއިޒު ކިޔާ މީހަކު ވެސް ޑައިވިން އަށް ފޭބި އެވެ. ޑައިވިން އަށް ގޮސް އުޅެނިކޮށް އޭނަގެ ހާލު ގޯސްވެގެން ރޭގެ ވަގުތެއްގައި ހެލިކޮޕްޓަރުގައި ވަނީ ދ. އަތޮޅު ކަނޑިންމަ ރިސޯޓަށް ގެންގޮސްފަ އެވެ.
މިއަދު ޏ.ފުވައްމުލަކު ނެރުކައިރިއަށް ޑައިވިނަށް ފޭބި މީހުންގެ ތެރެއިން އެކަކު ޑީކޯވެގެން އިތުރު ފަރުވާއަށް, ކަނޑިންމަ ރިސޯޓަށް ގެންދިއުމަށްޓަކައި އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިރޭ 22:27 ހާއިރު ދ.ކުޑަހުވަދޫއަށް ގެންގޮސްދީފި. pic.twitter.com/pQbhpL9kVN
— Maldives National Defence Force (@MNDF_Official) May 2, 2022
ފުވައްމުލަކު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ސައީދު ހޯދުމިގެ މަސައްކަތް އެމްއެންޑީއެފާއި ކަުއުންސިލާއި އެ ސިޓީގެ ޑައިވް ސެންޓަރުތަކުން ވެސް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.