ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑުއާ ހަމައަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާ ބެހޭ އެ އިދާރާ އިން އެ އެލާޓް ނެރުނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.
އެތަނުން ބުނީ ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ގަޑިއަކު 19-24 މޭލާ ދެމެދު ބާރު މިނުގައި ވައި ވެސް ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ބުންޏެވެ.
އައްޑު އަށް ރޭ ފަތިހުން ފެށުގެން އަންނަނީ ވާރޭ ވެހެމުންނެވެ.