Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ޑައިވިނަށް ފޭބި މީހާ ހޯދަން ޑޯނިއާ ފްލައިޓް ބޭނުންކުރަނީ

އިންޑިއާ އިން ހަދިޔާކުރި ޑޯނިއާ ފްލައިޓް - ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކުގައި އިއްޔެ ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ ހޯދުމަށް އެމްއެންޑީއެފް ޑޯނިއާ ފްލައިޓް ބޭނުންކުރަން ނިންމާ އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

ގެއްލުނު ޑައިވަރު ހޯދުމަށް ކުރަމުން އަންނަ މަސައްކަތާ ގުޅޭގޮތުން އެމްއެންޑީއެފްއިން ބުނެފައިވަނީ އިއްޔަގެ ސާޗް އޮޕަރޭޝަންގައި އެމްއެންޑީއެފްގެ 2 ހާބާކްރާފްޓް ބޭނުންކޮށް ކަނޑުގެ މަގުން 55 ސްކެއާ ނޯޓިކަލް މޭލްގެ ސަރަހައްދެއް ބެލިފައިވާކަމަށެވެ.

މިއަދުގެ އޮޕަރޭޝަންގައިވެސް 2 ހާބާކްރާފްޓް ހަރަކާތްތެރިވަމުން އަންނަކަން ފާހަގަކޮށް އެމްއެންޑީއެފްއިން ބުނެފައިވަނީ، އެމްއެންޑީއެފް ޑޯނިއާ ފްލައިޓްވެސް އޮޕަރޭޝަންގައި ބައިވެރިވުމަށް އެ ސަރަހައްދަށް ދަތުރުކުރަމުން އަންނަކަމަށެވެ.

މި އޮޕަރޭޝަންގައި ފުވައްމުލަކުގެ ޑައިވަރުންވެސް ބައިވެރިވަމުން އަންނަ ކަމަށް މައުލޫމާތުލިބެއެވެ.

ފޮޓޯ: އެމްއެންޑީއެފް

އިއްޔެ މެންދުރު ފަހު ފުވައްމުލަކު މެރާ ދިމާލުން ބޭރަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލުނީ އެ ސިޓީގެ ނީމޯ (ނޫވިލް) މުހައްމަދު ސައީދު، 35 އަހަރެވެ. އޭނާއާ އެކީ އިއްޔެ މަހްމޫދު ފާއިޒު ކިޔާ މީހަކު ވެސް ޑައިވިން އަށް ފޭބިއެވެ. ޑައިވިން އަށް ގޮސް އުޅެނިކޮށް އޭނަގެ ހާލު ގޯސްވެގެން ރޭގެ ވަގުތެއްގައި ހެލިކޮޕްޓަރުގައި ވަނީ ދ. އަތޮޅު ކަނޑިންމަ ރިސޯޓަށް ގެންގޮސްފައެވެ.