ގއ. ވިލިގިލީގައި ގެއެއްގެ ހިންގި މާރާމާރީއެއްގައި އެ ގޭ އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތްއަޅައި އިނގިލިން ބައެއް ބުރުކޮށްލައިފި އެވެ.
މި ހާދިސާ ގުޅިގެން އިއްޔެ ހައްޔަރުކޮށްފައި ވަނީ ގ. ޗެރީ ހައުސް އަލީ ހަސަން، 35، އެވެ. އޭނާ ކޯޓް އަމުރެއްގެ ދަށުން ހައްޔަކުރީ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދަރިންތަކެއް ވަގަށް ނަގަން އިއްޔެ ދަންވަރު ވަގުތެއްގައި ގެއަށް ވަދެ، އުޅެނިކޮށް ފަޅާއަރައި ހިންގި މާރާމާރީގަ އެވެ.
އެ މާރާމާރީގައި ހަތަރު މީހަކަށް އަނިޔާވި އިރު، އިނގިލި ބުރިވި މީހާ އަކީ އަލީގެ ކުރީގެ އަންހެނުންގެ ދައްތައެކެވެ. އޭނަގެ އަތުގައި ދަތް އަޅައި އެއް އަތުގެ މެދު އިނގިލީގެ ކުރި އެއްކޮށް އޮތީ ބިރުކޮށްލައިފަ އެވެ. މި މާރާމާރީގައި އިނގިލި ބުރިކޮށްލި މީހާގެ އިތުރުން ތިން މީހަކަށް ވެސް އަނިޔާވެފައިވެ އެވެ. އޭގެ ތެރޭގައި އަލީގެ ކުރީގެ އަންހެނުންނާއި އޭނަގެ މަންމަ އަދި އެ އާއިލާގެ ފިރިހެނަކު ވެސް ހިމެނެ އެވެ.
އެގޮތުން ފިރިހެން މީހާގެ އަނގަމަތި ފަޅާލި އިރު އަނެއް ދެ އަންހެނުންގެ ތެރެއިން އެކެއްގެ އިނގިލި ބިންދާލައި އަނެއް މީހާގެ މުލައްދަނޑީގައި ދަތްއަޅާފައިވެ އެވެ.
ފުލުހުން ބުނީ މި ހާދިސާ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.