ގއ. ވިލިގިލީއި ގެއަކަށް ވަދެ އެ ގޭ މީހުންނާ މާރާމާރީ ހިންގައި އެކެއްގެ އިނގިލީގައި ދަތް އަޅައި އިނގިލިން ބައެއް ބުރިކުރި މީހާ ކޯޓަށް ހާޒިރުކުރުމުން ކޯޓްގެ ހުރުމަތް ކެނޑި މައްސަލާގައި ޝަރިއަތް ނިމެންދެން ޖަލުގައި ބަންދުގައި ކުރަން އަމުރުކޮށްފި އެވެ.
ގ. ޗެރީ ހައުސް އަލީ ހަސަން، 35، ކޯޓްގެ ހުރުމަތް ކެނޑި މައްސަލާގައި 150 ދުވަހަށް ޖަލުގައި ބަންދުކުރުމަށް ކޯޓުން އަމުރުކުރި އެވެ. އޭނާ މިދިޔަ ހޯމަ ދުވަހު ފުލުހުން ހައްޔަރުކުރީ ވިލިގިލީގައި ހުންނަ ކުރީގެ އަންހެނުންގެ ގެއަށް ހޯމަ ވިލޭރޭ ދަންވަރު ވަގުތެއްަގއި ވަދެ ހަމަނުޖެހުން ހިންގައި މާރާމާރީ ހިންގި މައްސަލައެެއްގަ އެވެ. އެނގިފައިވާ ގޮތުގައި މައްސަަލަ ހޫނުވީ ކުރީގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރިން ނަމާދަށް ގެންދަން ކަމަށް ބުނެ އަލީ އެ ކުދިން "ވަގަށް ގެންދަން" އުޅުމުންނެވެ.
މި މައްސަލަނޑު ހޫނުވެ އޭނާ ވަނީ ކުރީގެ އަންހެނުންގެ އާއިލާގެ ހަތަރު މީހަކަށް އަނިޔާކޮށްފަ އެވެ. އެގޮތުން އަންހެނުންގެ ދައްތައެއްގެ އިނގިލީގައި ދަތްއަޅައި އިނގިލިން ބައެއް ބުރިކޮށްލުމުގެ އިތުރަށް ކުރީގެ އަންހެނުންގެ މަންމަގެ އިނގިޔެއް ބިންދާލައި އެ އެގޭ އެހެން އަންހެނެއްގެ މުލައްދަނޑުގައި ވެސް ދަތް އެޅި އެވެ. އަދި އަލީ ވަނީ އަންހެނުންގެ ބޭބެއަކަށް ވެސް ހަމަލާދީ އަނގަތި ފަޅާލައިފަ އެވެ.
ފުލުޖިން ބުނީ އޭނާ މާރާމާރީ ހިންގި ހާދިސާގައި އަނިޔާވި 39 އަހަރުގެ އަންހެނަކާއި 60 އަހަރުގެ އަންހެނަމާއި 31 އަހަރުގެ އަންހެނެއްގެ އިތުރުން 74 އަޖަރުގެ ފިރިހެނަކަށް ކަމަށެވެ. މި މައްސަލާގައި ފުލުހުން ކޯޓް އަމުރެއްގެ ދަށުން އަލީ ހައްޔަކުރީ ހޯމަ ދުވަހު ހަވީރު މިސްކިތެއްގައި އިންދަ އެވެ.