Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

އިންތި ކެމްޕޭންގައި ދ. އަތޮޅުގައި

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ކެމްޕޭނަށް ދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެންފިއެވެ.

އިމްތިޔާޒް ހުއްޓުމެއް ނެތި ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަމުން އަންނައިރު، އިއްޔަ ވަނީ ފ. އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައެވެ.

ދ. އަތޮޅުގެ ރަށްތަކަށް ވަޑައިގެން އިމްތިޔާޒް އަންނަނީ ދޮރުން ދޮރަށް ހިނގާ ކެމްޕޭން ހަރަކާތް ހިންގަމުންނެވެ.

ޗެއާޕާސަން އިންތިހާބުގެ ފޯރު ގަދަވެފައިވާއިރު، އިމްތިޔާޒް އަންނަނީ ހުއްޓުމެއްނެތި އެކި އަތޮޅުތަކަށް ވަޑައިގެން ދޮރުން ދޮރަށް ހިނގާ ކެމްޕޭން ކުރައްވަމުންނެވެ.

މި އިންތިހާބުގައި ދެން ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއެވެ. ފައްޔާޒްވެސް އަންނަނީ ކެމްޕޭން ކުރައްވަމުންނެވެ. މި އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ މޭ 14 ވަނަ ދުވަހުއެވެ.