ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް ގެނައި ހެޔޮ ބަދަލާ އެކު ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް ބޮޑުވާނެ ކަމަށް ބުނެފި އެވެ.
މިކަން އެޑިއުކޭޝަން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީން ވެސް ކަށަވަރުކޮށް ދީފައިވެ އެވެ.
ޓީޗަރުންގެ މުސާރަ އަށް ބޮޑު ބަދަލެއް ގެނައި އިރު، ކިޔަވައި ދިނުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުން "ދައުލަތުގެ ޕޭ ފްރޭމް ވާކް" ގައި ނުހިމެނޭތީ ވަރަށް ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ވެސް ފާޅުކުރަމުންނެވެ. އޭގެ ތެރޭގައި ޔުނިވަސިޓީތަކުގެ ލެކްޗަރާއިން ވެސް ހިމެނެ އެވެ.
ތައުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް 2022 މޭ 1 އިން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާރކް" އަށް ބަދަލުކުރުމަށް ވަނީ ނިންމަވާފައެވެ.
— Ministry of Islamic Affairs (@MVIaffairs) May 3, 2022
އެޑިއުކޭޝަން މިނިސްޓްރީން ރޭ ބުނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ގުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މޭ 1، 2022 އިން ފެށިގެން "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.
މުސާރަތަކަށް ގެނައި ބަދަލުތަކާ އެކު ގިނަ ޓީޗަރުންގެ މުސާރަ 20،000ރ. ވުރެ ބޮޑު ވާނެ އެވެ.