Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ސަމާލުވޭ، އައްޑު އަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ ރާއްޖޭގެ ދެކުނަށް ޔެލޯ އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ޔެލޯ އެލާޓް ނެރެފައިވަނީ ގއ. އަތޮޅުން ފެށިގެން އައްޑޫސިޓީއާ ދެމެދުގެ ހިސާބަށެވެ. އެ ހިސާބަށް ޔެލޯ އެލާޓް ނެރެފައިވަނީ 12:15 އިން ފެށިގެން ހަވީރު 04:30 އަށެވެ.

މިސަރަަހައްދަށް ޔެލޯ އެލާޓް ނެރެފައިވަނީ ވައިގަދަވާނެ ކަމަށް ލަފާކޮށެވެ. އެގޮތުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވަނީ އެލާޓް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހުން އެކަށީގެންވާ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލު ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށެވެ. 

މި ވަގުތުތަކުގައި ވަރަށް ކަނޑު ގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފައިވެއެވެ. ރާއްޖެއަށް މިދުވަސްވަރު ވިއްސާރަ ކުރަމުން އަންނައިރު، އެކި ހިސާބުތަކަށް އެލާޓްތައް އަންނަނީ ނެރެމުންނެވެ.