Last Updated: April 19, 13:47
Friday, April 19, 2024
ރިޕޯޓް

ކާލަމާ: ކޮކަނަޓް އެނަޖީ ބޯލްސް

* ބޭނުންވާ ތަކެތި:

1 ޖޯޑު ކަދުރު (އޮށް ނަގައި ކުދިކޮށް ކޮށާފައި)
1/2 ޖޯޑު އާމަންޑް ނަޓްސް (މުގުރާފައި)
1/2 ޖޯޑު ކާށި (ގާނާފައި)
1 1/2 މޭޒުމަތީ ސަމުސާ ކާށިތެޔޮ
2 މޭޒުމަތީ ސަމުސާ ކޮކޯ ޕައުޑާ

* ތަައްޔާރުކުރާނެ ގޮތް:

މިކްސްސަރަށް ހުރިހާ އެއްޗެއް އަޅައި، އެއްކޮށްލާށެވެ. ހުރިިހާ އެއްޗެއް ރަނގަޅަށް އެއްވުމުން ސަމުސަލެއް ބޭނުންކޮށްގެން މީގެން އެތިކޮޅު ކޮޅު ކޮޅު ނަގާ ގުޅަ ވަށާލާށެވެ. ގުޅަތައް ވަށާ ނިމުމުން އޭގެ މައްޗަށް ގާނާފައި ހުރި ކާށިތައް އަޅާލާށެވެ. ދެން ފްރިޖަށްލައި ގަޑިއެއްހާ އިރު، ފިނިކޮށްލުމުން ކޮކޮނަޓް ޑޭޓް އެނަޖީ ބޯލްސް ތައްޔާރުކުރެވުނީ އެވެ.