މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ބޭނުންވާ ޕްރިޒަންސް އޮފިސަރުން ނުވަތަ ޖަލު އޮފިސަރުން އައްޑޫން ހޯދަން އޯޕަން ޑޭއެއް އަންނަ ހަފުތާގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
މި ހަރަކާތް ރޭވިފައިވާ ގޮތަށް ބަލާ އިރު މި މަހުގެ 8 ގައި އޯޕަން ޑޭ ކުރިއަށް ދާނީ ފޭދޫ ސްކޫލްގައި ހަވީރު 4:00 އިން ފެށިގެންނެވެ. އަދި ހަމަ އެރޭ ހިތަދޫގައި ހުންނަ އައްޑޫ ސިޓީ ކައުންސިލް އިދާރާގެ ހޯލުގައި އޯޕަން ޑޭ 8:30 އިން ފެށިގެން ކުރިއަށްދާނެ އެވެ.
ހުޅުމީދޫގައި އޯޕަން ޑޭ ކުރިއަށް ދާނީ މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އަތޮޅު މަދުރަސާގެ ހޯލުގަ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ ޕްރިޒަންސް އޮފިސަރުންގެ ގޮތުގައި މަސައްކަތްކުރަން ޝައުގުވެރިވާ ފަރާތްތަކަށް ވަފީޒާގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން އައްޑޫގައި ބާއްވާ އޯޕަން ޑޭ ހާއްސަކޮށްފައި ވަނީ އުމުރުން 35 އަހަރުން ދަށުގެ މީހުންނަށް ކަމަށެވެ.
މި ހަރަކާތުގައި މައުލޫމާތު ދޭނީ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ތިން އޮފިޝަލެކެވެ.
އައްޑޫން ޕްރިޒަންސް އޮފިސަރުންތަކެއް ހޯދަން ނިންމީ މާޗް މަހު އައްޑޫގައި ހުޅުވި އިންސްޓިޓިއުޓް އޮފް ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ސްޓަޑީޒްގައި ޖަލު އޮފިސަރުން ތަމްރީނުކުރަން މަޝްވަރާ ވެސް ކޮށްފައިވާ ކަމަށް މިދިޔަ މަހު ހޯމް މިނިސްޓަރު އިމްރާމް އަބްދުﷲ ވިދާޅުވެފައި ވަނިކޮށެވެ.