ރޯދަ މަސް ނިމުމާ އެކު މާލެ ސަރަހައްދުގައި އަނެއްކާ ވެސް މާރާމާރީގެ ހާދިސާތައް ހިނގުން އިތުރުވެ، ރޭ ވެސް ހުޅުމާލޭގައި ދެ މާރާމާރީއެއްގައި ހިންގައި ދެ މީހަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން ބުނީ ރޭގެ ދެ ވަގުތެއްގައި ހިންގި މާރާމާރީތަކުގައި ތޫނު އެއްޗެހިން ހަމަލާދީގެން ޒަހަމްވި ދެ މީހަކަށް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނަ ކަމަށެވެ. އެކަމަކު އެ މީހުންނަށް ލިބުނު އަނިޔާތަކުގެ ތަފުސީލެއް ހާމައެއްކުރެ އެވެ.
އެ ދެ މާރާމާރީގެ ތެރެއިން ފުރަތަމަ މާރާމާރީ ރޭ 9:00 އެހާކަށްހާ އިރު ހިނގީ ހުޅުމާލޭ ފޭސް އެކެއްގެ ލަޔާ ރެސްޓޯރަންޓް ކައިރީގަ އެވެ. ދެވަނަ މާރާމާރީ ހިންގީ 9:30 އެހާކަށްހާ އިރު ފޭސް ދޭއްގެ ބްރިޖް ކައިރީގަ އެވެ.
މި ދެ މާރާމާރުގެ މައްސަލަ ވެސް ފުލުހުން އިތުރަށް ތަހުގީގުކުރަމުން އަންނަ އިރު، ފަސް މީހަކު ހައްޔަރުކޮށްފައިވެ އެވެ.
މިދިޔަ ފިތުރު އީދު ދުވަހު ފަތިހާއި އެ ދުވަހުގެ ހެނދުނު މާލޭގައި ދެ މާރާމާރީއެއް ހިންގައި ހަތަރު މީހަކު ޒަހަމްކޮށްފައިވެ އެވެ. އަދި ރޭ މެންދަމު 2:15 އެހާކަށްހާ އިރު، ސޯސަން މަހު މުތީ ގޯޅީގައި ވެސް މާރާމާރީއެއް ހިންގައިގެން ބަޔަކު ހައްޔަރުކޮށްފައިވެ އެވެ.