Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

މާރާމާރީ ހިންގި ބަޔަކު ހޯދަން އިއުލާންކޮށްފި

މާލެ ސަރަހައްދުގައި ގްރޫޕް މާރާމާރީ ހިންގި ބަޔަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.

ފުލުހުން ބުނީ ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހަތް މީހަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މީގެ ތެރެގައި އައްޑޫގެ ދެ މީހަކު ވެސް ހިމެނެ އެވެ.

ފުލުހުން ހޯދާ މީހުންނަކީ:

* އައްޑޫ ހުޅުދޫ، ނާދީ، މުނާދު ޖަޢުފަރު، 20
* އައްޑޫ މަރަދޫ، ކޮރަލް، އަޙްމަދު ސާތިޢު، 21
* މާލެ ދަފުތަރު ނަންބަރު ރސ2260، މައުސޫމް މުހައްމަދުދީދީ، 27
* ތ. ތިމަރަފުށީ، ސީނުގެ، އަޙްމަދު ޝިމްޙާޒު، 22
* މ. ލޮނުމިދިލިގެ، ލޫތު އަހުމަދު އާސިފް، 18
* ގއ. މާމެންދޫ. ގްލޭނޫރަންމާގެ، އަހުމަދު ރަބީޢު، 24،
* ގއ. ގެމަނަފުށި، ކެނެރީގެ، އަހުމަދު ނާޒިހު، 27

ފުލުހުން ބުނީ މި މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ.

ރޭ ހުޅުމާލޭގައި ދެ މާރާމާރީގެ އިތުރުން މާލޭގައި ވެސް މާރާމާރީއެއް ހިންގައި ތިން މީހަކު ޒަހަމްކޮށްލާފައިވެ އެވެ. އަދި އެ މާރާމާރީތަކާ ގުޅިގެން ބަޔަކު ހައްޔަރުކޮށްފައިވެ އެވެ. އަދި މިދިޔަ ފިތުރު އީދު މާލޭގައި ދެ މާރާމާރީ ހިންގައި ހަތަރު މީހަކު ޒަހަމްކޮށްފައިވެ އެވެ.