ގއ. ވިލިނގިލި އަދި ކޫއްޑޫ ގުޅުވާލާ ބްރިޖް ހަގީގަތަކަށް ވާނެ ކަމަށް ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ބައްދަލުކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ސައުދު ވިދާޅުވީ ރައީސް ސޯލިހްއާ ބައްދަލުކުރައްވާ ވިލިނގިލި ދާއިރާގައި ކުރަންހުރި މުހިންމު މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.
އެގޮތުން ވިލިނގިއްޔާއި ކޫއްޑޫ ގުޅުވާލާ ބްރިޖްގެ ހުވަފެން ހަގީގަތަކަށް ވެގެންދާނެ ކަމަށްވެސް ސައުދު ވިދާޅުވިއެވެ.
"ގައުމު ބިނާކޮށް އާރާސްތުކުރުމަށް ރައީސް ކުރައްވާ ބުރަ މަސައްކަތްޕުޅަށް ޝުކުރު ހައްގު." ސައުދު ވިދާޅުވިއެވެ.
Raees @ibusolih aa badhaluve Vilingili Dhairaa ge kuran huri muhinmu masakkai thakaai behey gothun mashwarā kurevunu. Iraadha kurrviya Villingili – Kooddoo bridge huvafen hageegathakah vegen dhāne. Gaumu binākoh aarāsthu kurumah Raees kuravva bura masakkaipulhah shukuru haggu. pic.twitter.com/UCfoP08Nvb
— Saud Hussain MP (@SaudVillingili) May 7, 2022
ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ސޯލިހް ވަނީ ގއ. ވިލިނގިއްޔާއި މިފްކޯގެ މަސް ކާރުޚާނާ ހިންގާ ގއ. ކޫއްޑޫ ބްރިޖަކުން ގުޅާލުމުގެ ވައުދު ވެފައެވެ.