Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ތިނަދޫ އިސްލާމީ މަރުކަޒު އެމްޓީސީސީން މަރާމާތުކުރަނީ

ގދ. ތިނަދޫ އިސްލާމީ މަރުކަޒުގައި ކުރަން މަރާމާތުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާތީ އެ ކުންފުނިން އެ މަސައްކަތް ފަށައިފި އެވެ.

އެމްޓީސީސީން ބުނީ އިސްލާމީ މަރުކަޒުގެ މަރާމާތް މި މަހުގެ 5 އިން ފެށިގެން ކުރިއަށްދާ ކަމަށެވެ. ތިނަދޫގެ ބަނދަރު ސަރަހައްދުގައި އިމާރާތްކޮށްފައިވާ އެ މިސްކިތަކީ މާލެގައި ހުންނަ އިސްލާމިކް މަރުކަޒުގެ ފަރުމާ އަށް ހެދި ތަނެކެވެ. ތިނަދޫ އިސްލާމީ މަރުކަޒު ބިނާކުރީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. އަދި މިއީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް ޢަޒީޒްގެ ހިލޭ އެހީ އާއި، ދިވެހި ސަރުކާރުގެ ބަޖެޓުން 34 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި ތަނެކެވެ.

ތިނަދޫ އިސްލާމީ މަރުކަޒަކީ އެއްފަހަރާ ހާހެއްހާ މީހުންނަށް ނަމާދުކުރެވޭ މިސްކިތެކެވެ. އެތަނުގެ މަސައްކަތް 2015 ގައި ފަށައި ނިންމީ 2017 ގަ އެވެ.