ގޮތް ނޭނގޭ ފޮށްޓެއް މާލޭން ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ.
އެމްއެންޑީއެފްއިން ބުނެފައި ވަނީ މާފަންނު ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ހުރި ގޮތް ނޭނގޭ ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
ސްޓޭޑިއަމް ކައިރީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައި ހުރި ގޮތް ނޭގޭ ފޮށްޓެއް ފެނިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެއްޖެއެވެ. މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމް ހަރަކާތްތެރިވެ، ބެލި ބެލުމުން އެނގިފައި ވަނީ އެއީ ހުސްފޮށްޓެއް ކަމެވެ. pic.twitter.com/NVmdYY0dI1
— Maldives National Defence Force (@MNDF_Official) May 8, 2022
މިކަމުގެ ރިޕޯޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފްގެ އީއޯޑީ ޓީމް ހަރަކާތްތެރިވެ، ބަލާފައިވާކަމަށެވެ. އަދި އެއީ ހުސްފޮށްޓެއް ކަމަށްވެސް އެމްއެންޑީއެފުން ބުުނެފައިވެއެވެ.
މިގޮތަށް ފެންނަ ގޮތް ނޭންގޭ އެއްޗެހި ބެލުމަށް އެމްއެންޑީއެފް ބޮމް ސްކޮޑުން ދޭތެރެ ދޭތެރެއިން ހަރަކާތްތެރިވެއެވެ.