ފިތުރު އީދު ދުވަހު މާލޭގައި ހިންގި މާރާމާރީއާ ގުޅިގެން ހޯދަމުން ދިޔަ ހަތް މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހައްޔަރުކުރީ ތ. ތިމަރަފުށީ ސީނުގޭ، އަހުމަދު ޝިމްހާޒު، 22، އާއި މާލެ، މ. ލޮނުމިދިލިގެ، ލޫޠު އަހުމަދު އާސިފް، 18، ކަމަށެވެ. އެ ދެ މީހުން ހައްޔަރުކުރީ އާދީއްތަ ދުވަހު މާލެއިންނެވެ. އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ވެސް ދީފަ އެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި އީދު ދުވަހު ހެނދުނު ހިންގި މާރާމާރީ މައްސަލައާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައިވެ އެވެ. އެއީ ޝިމްހާޒާއި ލޫތުގެ އިތުރުން ވާދޫ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް، 18 އާއި 15 އަހަރުގެ ކުޑަކުއްޖެކެވެ.
އެ މައްސަލައާ ގުޅިގެން 5 މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ދަނީ ކުރަމުންނެވެ. އެ މީހުން ހޯދަން ފުލުހުން އިއުލާންކުރީ މި މަހުގެ 5 ވަނަ ދުވަހު އެވެ.
މާލެ ދަފުތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ، 27،
ގދ. މެންދޫ ގްލޭނޫރަންމާގެ، އަހުމަދު ރަބީއު، 24،
ގަ. އަނަފުށީ ކެނެރީގެ، އަހުމަދު ނާޒިހު، 27،
އައްޑޫ ހުޅުދޫ، ނާދީ، މުނާދު ޖަޢުފަރު،ަ 20،
އައްޑޫ ހުޅުދޫ، ކޮރަލް، އަޙްމަދު ސާތިއު، 21،
< c="o p--252623" c="ttp://..co/p-cott/po/2022/05/CD_Wt_49234181-300x197.p" t="" t="816" t="536" />
ފުލުހުން ބުނީ މި ފަސް މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅައި ހިއްސާކުރަން އެދޭ ކަމަށެވެ.