Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ފުވައްމުލަކު ރައްޔިތުން އެދެނީ އެމްޑީޕީ އަލުން މަގުމައްޗަށް ނުދިއުމަށް: ފައްޔާޒް

ފުވައްމުލަކު ސިޓީގެ ރައްޔިތުން އެދެނީ އެމްޑީޕީ އަލުން މަގުމައްޗަށް ނުދިއުމަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުވައްމުލައް ސިޓީގެ ރައްޔިތުން އެއް އަޑުން ބުނާ އެއް ވާހަކައަކީ އެމްޑީޕީގެ މިސަރުކާރު ދެމިއޮތުން ކަމަށެވެ. އެމްޑީޕީ އަލުން އެނބުރި މަގުމައްޗައް ނުދިޔުމަށް ފުވައްމުލަކު ސިޓީގެ ރައްޔިތުން އެދޭކަމަށް ފައްޔާޒް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެންމެން މިތިބީ ފުވައްމުލައް ސިޓީ ވެސް އެދޭ ގޮތަށް މިސަރުކާރު ދަމަހައްޓަން އެމްޑީޕީ ހިންގާލަން." ދައްޔާޒްގެ ޓްވީޓްގައިވެއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގައި ފައްޔާޒާ ވާދަކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އިންތި ވަނީ ކެމްޕޭނަށް ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށްފައެވެ.

މޭ 14 ވަނަ ދުވަހު ބާއްވާ މި އިންތިހާބުގެ ކެމްޕޭން ފޯރި ގަދަވެފައިވާއިރު، އިންތިއަށް ތާއީދުކުރާ ފަރާތްތަކާއި ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި އަންނަނީ ބަހުގެ ހަމަލާތައްވެސް ބަދަލުކުރަމުންނެވެ.