މިދިޔަ އަހަރުގެ މެއި 6 ގައި އަވަހަރާކޮށްލަން ދިން ހާދިސާ އަކީ ސީދާ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަންގަވައިގެން ހިނގި ޖަރީމާއެއް ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްދު ނަޝީދު ކުރައްވާ ތުހުމަތުތައް ސީރިއަސްކޮށް ބަލަން ޖެހޭ ކަމަށް މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މެއި 6 ގެ ހަމަލާގެ ތުހުމަތު ނަޝީދު ނިސްބަތްވާ އެމްޑީޕީ ސަރުކާރުގައި ބޮލުގައި އަޅުވާ އިރު އެއީ ބަލަން ޖެހޭ ކަމަށެވެ. އަދި އޭނަގެ ޓްވީޓްގައި ފުލުހުންނާއި އެމްއެންޑީއެފް ޓެގް ވެސް ކުރައްވައި އެ ތުހުމަތަތަކަށް އެ ދެ މުއައްސަސާ އިން އަވަހަށް އިޖާބަ ވެސް ދޭން ޖެހޭ ކަމަށެވެ.
Whe the Parliamet Speaker accusig his ow MDP’s gov resposible o the May 6th attack to kill him. Real deep-state operatio, targeted attacks ad terror. Demads immediate respose @PoliceMv @MNDF_Official https://t.co/9Og0EBrSs6
— Mohamed Saeed (@em_saeed) May 8, 2022
ވަޓްސްއަޕް ގުރޫޕެއްގައި އެމްޑީޕީގެ ބައެއް މެމްބަރުންނަށް ތުހުމަތުތަކެއް ކުރައްވައި މެއި 6 ގެ ހަމަލާ އަށް ވާގިވެރިވި އެކަކީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސެއިން) ކަމަށް ﷲ ގަންދީ ހުވާކުރައްވައި ނަޝީދު ވިދާޅުވި އެ އެވެ. އަދި ހަމައެއާ އެކު އެ ހަމަލާގެ ތުހުމަތު ސީދާ ރައީސް ސޯލިހުގެ އިސްތަށިފުޅުގަިއ ވެސް ނަޝީދު އެޅުއްވި އެވެ.
"ހުސެއިން އަށް އެނގިވަޑައިގަންނަވާނެ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެގެން ހުސެއިން ވަނީ ތިޔަ ހުރިހާ ކޮމެޓީއަކަށް ހުރަސް އަޅުއްވާފައިކަން" ނަޝީދު ވިދާޅުވެފައިވެ އެވެ. "ޖުޑިޝަރީ ކޮމެޓީވެސް އަދި 241 ކޮމެޓީވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެގެން ހަރާބުކުރެއްވި އެއް ބޭފުޅަކީ އަނދުން ހުސެއިން. އަޅުގަނޑު ރައީސުލް ޖުމްހޫރިއްޔާއަށް ތައުރީފުކުރާނެ އެއް ކަމަކީ މާލެ ތެރެއިން ތިޔަ ކަހަލަ ބޭފުޅެއް ހޯދެއްވިކަން."
ނަޝީދު ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނުގެ ލޭ ހުސެއިން އަތުގައި އުނގުޅިފައިވެ އެވެ.
"..ހުސެއިއްލަ އަތަށް ބަލާލާ. ތިބޭފުޅާ އަތުގައި ވަނީ އަޅުގަނޑުގެ ލޭ. ތިޔަ ބޭފުޅުންގެ އަތުގައި މިހާރު ކޭއްތިފައި ތިވަނީ އަޅުގަނޑުގެ ލޭ،" ނަޝީދު ތަކުރާރުކޮށް ވިދާޅުވި އެވެ.
A year ago today, our peaceful society was rocked by oe of the worst acts of terrorism o Maldivia soil. We are thakful to Almighty Allah that Pres @MohamedNasheed survived the deadly attack. We remai steadfast i our work to brig those resposible for this crime to justice.
— Ibrahim Mohamed Solih (@ibusolih) May 6, 2022
ރައީސަށް ނަޝީދަށް ތުހުމަތުތަކެއް ކުރެއްވި އިރު މިދިޔަ އަހަރުގެ މެއި 6 ގެ ހަމަލާ އަށް އަހަރެއްވީ ދުވަހު ރައީސް ސޯލިހު ވަނީ ނަޝީދަށް އިންސާފު ލިބޭނެ ކަމަށް ވިދާޅުވެ ޓްވީޓެއް ވެސް ކުރައްވައިފަ އެވެ.
ނަމަވެސް ރައީސަށް ކުރައްވާ ތުހުމަތާ ގުޅިގެން ސީދާ އެ މަނިކުފާނާއި އަދި ސަރުކާރުން ވެސް އަދި އޮތީ ހިމޭނުންނެވެ.