Last Updated: June 27, 07:18
Saturday, June 27, 2026
ޚަބަރު

ފައްޔާޒާއި އިންތިގެ ބަހުސެއް ސަންގު ޓީވީ އަށް

އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ފައްޔާޒް އިސްމާއީލާއި އިމްތިޔާޒް ފަހުމީގެ ބަހުސެއް ސަންގު ޓީވީން ވެސް ބާއްވަން ނިންމައިފި އެވެ.

އެ ޗެނެލުން އިންތިޒާމުކުރާ "ސަންގު ބަހުސް" ބާއްވަން ހަމަޖެހިފައި ވަނީ ބުރާސްފަތި ދުވަހުގެ ރޭ 9:00 ގަ އެވެ. އެ ބަހުސަށް ދައުވަތު ދިނުމުން ދެ ކެންޑިޑޭޓުން ވެސް އެއްބަސްވެވަޑައިގެންފައިވާ ކަމަށް ސަންގް ޓީވީން ބުންޏެވެ.

ޗެއާޕާސަން ހޮވާ އިންތިހާބުގެ ފޯރި އާއި ވާދަވެރިކަން ބޮޑުވެ، އެމްޑީޕީ "ދެ ފަޅި" ވެފައިވާ އިރު، ފައްޔާޒާއި އިންތިއާއާ އެކު ރާއްޖޭން ޓީވީން ވެސް މާދަމާ ރޭ ބަހުސެއް ބާއްވާނެ އެވެ. އެ ބަހުސް ފަށާނީ އެ ރޭ 10:30 ގަ އެވެ.