މަސްދޯންޏަކުން ކަނޑަށް ވެއްޓުނު މަސްވެރިއަކަށް މިޔަރެއް ހަމަލާ ދީފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ޅ.އަތޮޅު މާފިލާފުއްޓާ ދިމާލު ބޭރުން މަސްވެރިކަން ކުރަމުން ދިޔަ ދޯންޏަކުން މީހަކު ކަނޑަށް ވެއްޓުނު ވަގުތު އެމީހާއަށް މިޔަރެއް ހަމަލާ ދީފައިވާކަމަށެވެ.
އެކަން ދޯނިން ކޯސްޓްގާޑަށް އެންގުމުން، އެމްއެންޑީއެފް ނޮދަން އޭރިޔާ ކޯސްޓްގާޑް ސްކޮޑްރަންއިން ޅ.އަތޮޅު ހޮސްޕިޓަލްގެ ޓީމަކާއިއެކު މިހާރު އެދޯނި ކައިރިއަށް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފްއިން މައުލޫމާތުދެއެވެ.
އަދި އެމީހާގެ ހާލު ސީރިއަސް ނޫންކަމަށް ދޯނީގެ ކެޕްޓަން މައުލޫމާތުދޭ ކަމަށްވެސް ބުނެފައިވެއެވެ.