ވައިގަދަވެ ކަނޑުގަދަވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ މެންދުރު 12:30 އިން ހަވީރު 05:00 އަށެވެ.
މެޓް އޮފީހުން ބުނެފައިވަނީ އެވަގުތުތަކުގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މިދުވަސްވަރު ރާއްޖެ ސަރަހައްދަށް މޫސުން ގޯސްވެ އެކި ހިސާބުތަކަށް އަންނަނީ އެލާޓްތައް ނެރެމުންނެވެ.