"އިންޑިއާ އައުޓް" ކެމްޕޭން ހުއްޓުވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިދިޔަ މަހު ނެރުއްވި ރިޔާސީ ގަރާރަކީ ތަންފީޒުކުރެވިގެން ވާނެ އެއްޗެއް ނޫން ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ވިލިމާލޭ ދާއިރާގެ އަންހެނުން ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަށް ޕީޕީއެމުން ވާދަކުރާ ކެންޑިޑޭޓް، ފާތިމަތު ނާޒިމާއަށް ތާއީދު ހޯދަން އިއްޔެ ހަވީރު ބޭއްވި ޖަލްސާއެއްގައި ޔާމީން ވިދާޅުވީ އެ ގަރާރަކީ ގާނޫނާ ޚިލާފަށް ނެރުއްވި ގަރާރެއް ކަމަށެވެ. އެހެންެ ގާނޫނާ ޚިލާފަށް ކުރާ އަމުރުތައް ތަންފީޒުކުރަން ފުލުހުންނާ ސިފައިން ވެސް މަސައްކަތް ނުކުރުމަށް ގޮވާލެއްވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީން މަސައްކަތް ކުރަން ރަސްމީގޮތެއްގަ ބަންޑާރަނައިބު މި ކަންކަމަށް ޖަވާބުދާރީކުރުވަން،" ޔާމީން ވިދާޅުވި އެވެ. "ރައީސުލްޖުމްހޫރިއްޔާއަކަށް ގާނޫނުތަކެއް ނެހެދޭނެ ގަރާރެއްގެ ދަށުންނެއް. އަމުރުތަކެއް ނުނެރެވޭނެ ގަރާރެއްގެ ދަށުންނެއް. ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ ހައްގު ހަނިކުރަން ބޭނުމިއްޔާ ކެރިގެން މިއަދު ހަތަރުބައިކުޅަ އެއްބައި އަގުލަބިއްޔަތުން އެމްޑީޕީން އެކަން ނިންމާ. ނިންމީމަ އަޅުގަނޑުމެން އެކަމަށް ތަބާވާނަން. އެއީ ގާނޫނުއަސާސީގައި އެކަން އޮންނަ ގޮތް ކަމަށް ވާތީ."
ޔާމީން ވިދާޅުވީ އެމްޑީޕީން މަސައްކަތް ކުރަނީ ޑިމޮކްރަސީގެ ނަމުގައި ހުޅަނގުގެ ފިކުރުތައް ރާއްޖޭގައި ފަތުރަން ކަމަށާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ އެންމެ އަސާސީ މިންވަރުމަ ކަމަށެވެ. އަދި އެ މިނިވަންކަން ނުދެވޭ ނަމަ ރާއްޖޭގައި ޑިމޮކްރަސީ ގާއިމެއް ނުކުރެވޭނެކަމަށް ވެސް ވިދާޅުމސީގެ އެންމެ އަސާސީ މިންވަރުމަކަށާއި އެ މިނިވަންކަން ނުދެވޭނަމަ ރާއްޖޭގައި ޑިމޮކްރަސީ ގާއިމެއް ނުކުރެވޭނެކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ކީއްވެގެންތޯ ފައުޖެއް ނުކުމެ އިބްރާހިމް މުހައްމަދު ޞާލިހަށް ވެރިކަން ނުކުރެވޭ ވާހަކައާ އިންޑިއާގެ އަސްކަރިއްޔާގެ އަޅުވެތިކަމުގެ ވާހަކަ ނުބުނެވެންވީ؟ އެވާހަކަ ދައްކަން ޖާގަ ނުދޭކަމަށް ވަންޏާ ޑިމޮކްރަސީއޭ ކިޔާފަ ކޮން ފަރިއްސެއްތޯ މި ކިޔަނީ؟،" ރައީސް ޔާމީން ވިދާޅުވި އެވެ.
"އިންޑިއާ އައުޓް" އަކީ ގައުމީ ސަލާމަތެއް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ހުއްޓުވުމަށް ރައީސް ނެރުއްވީ މިދިޔަ މަހުގެ 21 ގަ އެވެ. އަދި އެ ގަރާރު ބާތިލުކޮށްދޭން ޕީޕީއެމުން ވަނީ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 27 ގަ އެވެ.