Last Updated: April 18, 22:36
Friday, April 19, 2024
ޚަބަރު އެމްޑީޕީ

އިތުބާރު ނެތްކަމަށް ސޮއިކުރި މެމްބަރުން ފައްޔާޒަށް ތާއީދުކުރާތީ ފާޑުކިޔުން

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް - ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތްކަމަށް މީގެ ކުރިން ސޮއި ކުރި މެމްބަރުން ފައްޔާޒަށް ތާއީދު ކުރާތީ އެމްޑީޕީގެ ކުރީގެ ޕީޖީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ފާޑުވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިން ފައްޔާޒްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ 33 މެމްބަރުން ސޮއިކޮށް މަޖިލީހަށް ހުށަހެޅުމަށް އޭނާއަށް ހަވާލުކުރި ކަމަށެވެވެ. އަދި މިއަދު ހަމަ އެމެންބަރުން ފައްޔާޒައް ޕާޓީ ހިންގާލެވޭނޭކަމަށް ބުނާ ބުނުމަކީ އެމްޑީޕީގެ އާއްމު މެންބަރުންނަށް ވަރަށްބޮޑަށް އޮޅުވާލާ އޮޅުވާލުމެއް ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވަނީ ޓްވީޓްގައި ފައްޔާޒްގެ އިތުބާރު ނެތްކަމަށް ހުށަހެޅަން އުޅުނު މައްސަލައިގެ ފޮޓޮއެއްވެސް ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެ މައްސަލައިގައި ސޮއިކުރީ ކޮން މެމްބަރުންނެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ފައްޔާޒްގެ އިތުބާރު ނެތްކަމުގެ މައްސަލަ މީގެކުރިން މަޖިލީހަށް ވައްދަން އުޅޭކަމުގެ އަޑުތަކެއް ގަދަވިއެވެ. އެހެންނަމަވެސް އެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެއް ނުވެއެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު މޭ 14 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާއިރު، ފައްޔާޒާ މި އިންތިހާބުގައި ވާދަކުރައްވަނީ މެމްބަރު އިމްތިޔާޒް ފަހުމީއެވެ. އިންތިއާ ފައްޔާޒަށް ތާއީދުކުރާ ފަރާތްތަކުގެ މެދުގައި ބަހުގެ ހަމަލާތައް އަންނަނީ ބަދަލުކުރަމުންނެވެ.