Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

މުޅި ރާއްޖެ އަށް ވައިޓް އެލާޓް ނެރެފި

ވިއްސާރާގައި ބަޔަކު ސައިކަލު ދުއްވާފައި ދަނީ: ފޮޓޯ / އަވަސް

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފައިވަނީ 11:00 އިން ފެށިގެން ހަވީރު 05:00 އާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.

ރާއްޖެ ސަރަހައްދުގެ މޫސުން ގޯސްވެ އަންނަނީ އެކި ހިސާބުތަކަށް މޫސުމާބެހޭ އެލާޓްތައް ނެރެމުންނެވެ.