ރައްޔިތުގެ މަޖިލީހުގެ ފޭދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީ ބާތިލުކޮށްދިނުމަށް އެދި އަލްހާން ފަހުމީ ހުށަހެޅުއްވި މައްސަލަ ސިވިލް ކޯޓުން ބަލައިގެންފިއެވެ.
އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބް ވެވަޑައިގެންނެވި އަލްހާން ވަނީ އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބުކުރި މުހައްމަދު ނިހާދުގެ ކެންޑިޑޭސީ މައްސަލަ ބަލައި ނިމެންދެން ހިފަހައްޓައިދިނުމަށް ވެސް އެދިފައިވެ އެވެ.
ނަމަވެސް ކޯޓުން މައްސަލާއިގެ ފުރަތަމަ އަޑުއެހުން ބާއްވާނެ ތާރީހެއް ބުނެފައި ނުވެއެވެ. އަލްހާން ވަނީ އަމިއްލަ ގޮތުން ފޭދޫ ދާއިރާއަށް ކުރިމަތިލައްވާފައެވެ.