ޓްވިޓާ ބޭނުންކުރައްވަން ފެއްޓެވި ފަހުން ރައީސް އަބްދުﷲ ޔާމީން ގެންދަވަނީ މިހާރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓްވީޓްކުރައްވަމުންނެވެ. އެ މަނިކުފާނު ޓްވިޓާ ބޭނުން ކުރައްވަން ފެއްޓެވީ މި މަހުގެ 4 ގަ އެވެ. ފޮލޯވަރުންގެ އަދަދު 7،000 އިން މައްޗަށް އަރާފައިވާ ރައީސް ޔާމީންގެ ޓްވީޓްތަކުން އެންމެ ފާހަގަކުރެވޭ ކަމަކީ ބޭނުންކުރައްވާ ބަސްތަކެވެ.
އިނގިރޭސީން އާންމުކޮށް ޓްވީޓްކުރައްވަމުން ގެންދަވާ އިރު އެންމެ ފާހަގަކުރެވެނީ އިބާރާތް ގެނައުމުގައި ގެންގުޅުއްވާ ތަފާތުކަމާއި އާންމުކޮށް ބޭނުންކޮށް އުޅޭ ބަސްތަކަށް ވުރެ "ބީރައްޓެހި" ލަފުޒުތައް ޓްވީޓްތަކުގައި ބޭނުންކުރައްވާކަމެވެ. އެހެންވެ އެންމެ އާދައިގެ މީހަކަށް ރައީސް ޔާމީންގެ ޓްވީޓްތައް ދޭހަވުމުގައި ދަތިވެދާނެ އެވެ.
Pledges fulfilled beyond anyone’s expectation😁Public’s emotional outpour held in check by police barricades.The beleaguered Prz shuns de media. Yet de sluggish circus train is chugging down its track to Destination 2023
— Abdulla Yameen (@prz_ymn) May 11, 2022
މިކަން އެ މަނިކުފާނު ފޮލޯކުރާ ބައެއް މީހުން ވެސް ފާހަގަކޮށް، ޓްވީޓްތަކުގައި ބޭނުންކޮށްފައި ހުރި އެހާ އާންމު ނޫން ބަސްތައް ދަސްކޮށް އޭގެ މާނަ ވެސް މިހާރު ހޯދަން ޖެހިފައިވާ ކަމަށް ބުނެފައިވެ އެވެ.
The flagship of governance 2day: Two Przs bluffing de public. One- de beneficiary of a rigged Election. Faisal, de one invested by de apex court due 2 de incapacitation of de Incumbent. Did de SC revoke de investiture?
— Abdulla Yameen (@prz_ymn) May 9, 2022
ކޮންމެ ޓްވިޓާގައި މިހާރު ރައީސް ޔާމީން ހަމަ ވަރަށް އެކްޓިވެވެ. އެކަމަކު ސުވާލަކީ އެ ބޭނުންކުރައްވަން ފެއްޓެވިތާ މިހާރު ހަފުތާއެއްހާ ދުވަސްވީ އިރު، ފޮލޯވަރުންގެ އަދަދު އެންމެ 7،000 ގައި އޮތުމަކީ ރާއްޖޭގެ އެންމެ ނަގާކިޔާ ސިޔާސީ ޝަހުސިއްޔަތަކާ ބަލާފައި އެކަށީގެންވާ އަދަދެއްތޯ އެވެ؟ ޓްވިޓާގެ ފޮލޯވަރުންގެ އަދަދަކީ މިހާރަަށް ބަލާ އިރު ތާއީދު އޮތް މިންވަރު ވެސް ވަޒަންކޮށްދޭނެ ކަމެކެވެ.
mi adhu dhn mi jehuny dictionary hulhuvaigen innan 😂
— Henry (@sindhubaadhu) May 11, 2022
މިހާރުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ފޮލޯވަރުންގެ އަދަދ 127،000 އަށް ވުރެ ގިނަ އެވެ. ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮލޯވަރުންގެ އަދަދު 254،000 އަށް ވުރެ ގިނަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ފޮލޯވަރުންގެ އަދަދު 81،000 އަށް ވުރެ ގިނަ އެވެ.
dhasvi aa bas – beleaguered sluggish mi adhu mi jehunee mi bas dhas kuran 😄😄😄
— Mohamed faisal (@Mohamedfaisalv) May 11, 2022
އެ ތިން ބޭފުޅުން ޓްވިޓާ ބޭނުންކުރައްވާތާ ވެސް ދުވަސްތަކެއްވެއްޖެ އެވެ. އެކައުންޓްތައް ހުރީ ވެރައިފައި ވެސްކޮށްފަ އެވެ.