ރ. އަލިފުށީގައި ޓިވެޓް ސެންޓަރެއް ހަދަން ވީ އަވާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ އެކި ސަރަޙައްދުތަކަށް އަމާޒުކޮށް މަތީ ތަޢުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ބިނާކޮށް ހިންގުމަށް ކުރިޔަށްގެންދާ މަޝްރޫޢުގެ ތެރެއިން އެޅުމަށް ހަމަޖެހިފައިވާ ސްޓޭޓް އޮފް ދި އާޓް ފެންވަރުގެ ޓެކްނިކަލް އަދި ވޮކޭޝަނަލް އެޑިކުއޭޝަން ޓްރައިނިން ސެންޓަރެކެވެ.
ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަލިފުށީގައި ޓިވެޓް ސެންޓަރުގައި ހަދާ ކްލާސްރޫމާއި ލެބް އަދި ވޯކްޝޮޕްތަކުގައި 20 ދަރިވަރުންގެ ޖާގަ ހުންނާނެ ކަމަށެވެ. އަދި އެއްފަހަރާ 150 ދަރިވަރުންނަށް ކިޔަވައި ދެވޭނެ ކެޕޭސިޓީ އެތަނުގައި ހުންނާނެ އވެެ. އަދި އެތަނުގެ އެކޮމޮޑޭޝަން ބްލޮކްގައި 58 ދަރިވަރުންގެ ޖާގަ ހުންނާނެ އެވެ.
Atoll thereyah fenvaru ragalhu TVET thauleemaai thamreenu fulhaakoh foarukoh dhinumah elhunu muhimmu fiyavalheh! Ithuru TVET centre thakuge masaikah iraadha kurevviyyaa varah avahah fesheyne! https://t.co/lg119YnNDJ
— Ibrahim Hassan, PhD (@DrChubby) May 11, 2022
އަލިފުށީ ޓިވެޓް ސެންޓަރު ހާއްސަކޮށްފައި ވަނީ ބޯޓް ބިލްޑިން ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތަކަށެވެ. މީގެ އިތުރުން ތަފާތު އެހެނިހެން ދާއިރާތަކުން ވޮކޭޝަނަލް ކޯސްތައް ވެސް ހިންގާނެ އެވެ.
އެ ސެންޓަރު ހަދަން ވީ އަވާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.