Last Updated: April 20, 19:35
Saturday, April 20, 2024
ޚަބަރު

ދިވެހި ބަސް ވެސް ގޫގުލް ޓްރާންސްލޭޝަނަށް

ދިވެހި ބަސް ވެސް ގޫގުލް ޓްރާންސްލޭޝަނަށް ގެނެސްފި އެވެ.

ގޫގުލް އިން އިއްޔެ ފެށި މި އަހަރުގެ ޑިވެލޮޕާ ކޮންފަރެންސްގައި ވަނީ އިއްޔެ އަލަށް މުޅިން 24 ބަހެއް ގޫގުލް ޓްރާންސްލޭޝަނަށް ގެނެސްފައިވާކަން އިއުލާންކޮށްފަ އެވެ. އޭގެ ތެރެއިން އެއް ބަހަކީ މި ކުޑަކުޑަ ރާއްޖޭގެ މީހުން ވާހަކަ ދައްކާ ދިވެހި ބަހެވެ. އަލަށް ގޫގުލް ޓްރާންސްލޭޝަނަށް ދިވެހި ބަހާ އެކު އިތުރުކުރި 24 ބަހާ އެކު މިހާރު، އޭގައި ޓްރާންސްލޭޓްކުރެވޭ ބަހުގެ އަދަދު ވަނީ 133 އަށް އަރައިފަ އެވެ.

ގޫގުލް އިން ބުނީ މިކަމަށް ކުރެވޭ މަސައްކަތްތައް އަދިވެސް ކުރިއަށް އޮތީ ސަބަބަކީ އެވެ. ސަބަބަކީ ދުނިޔޭގައި މީހުން ވާހަލަ ދައްކާ ބަހުގެ އަދަދު 7،000 އަށް އަރާތީ އެވެ.

ދިވެހި ބަހަށް މި ލިބުނު މި ކާމިޔާބީއާ ގުޅިގެން ބަހަށް ލޯބިކުރާ ވަރަށް ގިނަ ދިވެހިން މިހާރު އަންނަނީ ގޫގުލް އިން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަމުންނެވެ.

ގޫގުލް އިއްޔެ ޓްރާންސްލޭނަށް ދޫކޮށްލި 24 ބަހުގެ ލިސްޓްގައި ދިވެހި ބަހާ ބެހޭ ގޮތުން ބުނެފައި ވަނީ އެއީ ރާއްޖޭގެ 300،000 މީހުން ވާހަކަ ދައްކާ ބަސް ކަމަށެވެ.