Last Updated: April 24, 17:03
Wednesday, April 24, 2024
ޚަބަރު

ޔާމީން ގެޔަށް ސްޕްރޭ ޖެހި މައްސަލަ ބަލަނީ

ޔާމީންގެ ގެކޮޅަށް ސްޕްރޭ ޖަހާފައި— ފޮޓޯ: ދައުރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ އެމަނިކުފާނުގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ސްޕްރޭ ޖެހި މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނެފައިވަނީ ރައީސް ޔާމީންގެ ގެކޮޅަށާއި ޕީޕީއެމް އޮފީހަށް ގެއްލުން ދީފައިވާ މައްސަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ރައީސް ޔާމީން ހައްޔަރު ކުރުމަށް ގޮވާލާ އަޑުއުފުލަން ފަށާފައިވަނީ އެމަނިކުފާނު ހިންގާ "އިންޑިއާ އައުޓް" ޕްރޮޕެގަންޑާ އިތުރަށް ފުޅާ ކުރުމާ ގުޅިގެންނެވެ. އެ ކެމްޕޭނާ ދެކޮޅަށް ބަޔަކު ރައީސް ޔާމީންގެ ގެކޮޅު ކައިރީގައި މުޒާހަރާ ކޮށް ޔާމީން ހައްޔަރުކުރުމަށް ގޮވާލާފައިވެއެވެ.

ޔާމީން އިސްވެ ހުރެ ހިންގާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ސްކޫލްތަކުގެ ފާރަށާއި ހޮސްޕިޓާތައް އަދި މީހުން ދިރިއުޅޭ ގެތަކުގެ ފާރުގައި "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފަހުރެއެވެ. އެގޮތުން މިފަހުން އޭޑީކޭ ހޮސްޕިޓަލުގެ ފާރަށް "އިންޑިއާ އައުޓް" ސްޕްރޭ ކޮށްފައި ހުރުމުން އެ ހޮސްޕިޓަލުން އެކަން ކުށްވެރިކޮށްފައިވެއެވެ.