Last Updated: May 27, 17:26
Friday, May 27, 2022
ޚަބަރު

ފިތުރު ޒަކާތަށް 7 މިލިއަން ރުފިޔާ

މިއަހަރުގެ ފިޠުރު ޒަކާތުގެ ގޮތުގައި މާލެއިން ޖުމްލަ 7،433،908.00 ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިއީ އޮންލައިންކޮށް އަދި މިނިސްޓްރީގެ ކައުންޓަރުތަކުން ލިބިފައިވާ ފައިސާ ކަމަށެވެ. އަދި އޮންލައިންކޮށް އެހެން ރަށްރަށުން ދައްކާފައިވާ ފައިސާވެސް ހިމެނެ އެވެ.

ފަޤީރުން ނެތް ރަށްރަށުގެ ފައިސާގެ ގޮތުގައި 450،373 ރުފިޔާ ލިބިފައިވާއިރު ފަޤީރުން ނެތް ރަށްތަކުގެ ގޮތުގައި ހިމެނެނީ ޖުމްލަ 42 ރަށެވެ.

ފަޤީރުންނެތް ރަށްރަށަކީ ހއ. މޮޅަދޫ، ހއ. މުރައިދޫ، ހއ. ތަކަންދޫ، ހދ. ހިރިމަރަދޫ، ށ. ބިލެތްފަހި، ށ. ފީވަށް، ށ. ކޮމަންޑޫ، ށ. ނޫމަރާ، ށ. ނަރުދޫ، ށ. މަރޮށި، ނ. މާޅެންދޫ، ނ. މަގޫދޫ، ނ.ފޮއްދޫ، ރ. އަނގޮޅިތީމު، ރ. ކިނޮޅަސް، ބ. ފުޅަދޫ، ބ. ގޮއިދޫ، ބ. ކިހާދޫ، ބ. ކެންދޫ، ކ. ހުރާ، އދ. ދިއްދޫ، އދ. މަންދޫ، އދ. ފެންފުށި، އދ. މަހިބަދޫ، ވ. ފެލިދޫ، ވ. ރަކީދޫ، ވ. ތިނަދޫ، ވ. ފުލިދޫ، މ. ދިއްގަރު، މ. ނާލާފުށި، މ. ރަތްމަންދޫ، މ. ވޭވަށް، މ. މަޑުއްވަރި، ފ. ދަރަނބޫދޫ. ފ. މަގޫދޫ، ފ. ނިލަންދޫ، ތ. ކަނޑޫދޫ، ތ. ވަންދޫ. ތ. ގުރައިދޫ، ލ. ދަނބިދޫ، ދ. ހުޅުދެލި، ދ. ރިނބިދޫ އެވެ.

ފަޤީރުން ނެތް ރަށްރަށުން ލިބުނު ފައިސާއާއި މާލެއިން ލިބުނު އަދަދަށް ބަލާއިރު މުޅި ޖުމްލަ 7،884،281.00 ރުފިޔާ ޒަކާތުގެ ގޮތުގައި ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ގޮވާމުގެ ބާވަތްތަކުން މުޅި ޖުމްލަ ލިބިފައިވަނީ 11399.45 ކިލޯ އެވެ. އަދި ޞަދަގާތުގެ ގޮތުގައި ގޮވާމުގެ ބާވަތްތަކުން ލިބިފައިވަނީ 10092 ކިލޯ އެވެ.