Last Updated: June 22, 13:53
Monday, June 22, 2026
ޚަބަރު

އެމްއެމްއޭގެ ސްކޮލަޝިޕަށް ހުޅުވާލައިފި

މަތީތައުލީމު ހާސިލުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮންމެ އަހަރަކު ވެސް ދެމުން އަންނަ ސްކޮލަޕްޝިޕް ޕްރޮގްރާމްގެ ތެރެއިން މި އަހަރުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިނގިރޭސިވިލާތުގައި އެކްޗޫރިއަލް ސައިންސްގެ ދާއިރާ އިން ޕޯސްޓް ގްރެޖްއޭޓް ޑިގްރީ އަށް ކިޔެވުމަށް ދޭ މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ސުންގަޑި އަކީ މި މަހުގެ 26 އެވެ. މިއީ އެމްއެމްއޭ އިން ހުރިހާ ހަރަދެއް ދޭ، އެއް އަހަރުގެ ސްކޮލަޝިޕެކެވެ.

އެމްއެމްއޭ އިން ބުނި ގޮތުގައި ސްކޮލަޝިޕަށް އެދޭ ފޯމް އެތަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވޭނެ އެވެ. އަދި މިކަމާ ބެހޭ އިތުރު މައުލޫމާތު ހިއުމަން ރިސޯސެސް ޑިވިޝަންގެ ނަމްބަރު 3010131 އިން ލިބޭނެ އެވެ.

އެމްއެމްއޭ އިން ބުނި ސްކޮލަޝިޕް ލިބޭ މީހަކު ހޮވަން މާކްސް ދިނުމުގައި މައިގަނޑު ތިން ކަމަކަށް ބެލޭނެ ކަމަށެވެ. އެއީ ތައުލީމީ ފެންވަރު (40 ޕޮއިންޓް)، މަސައްކަތުގެ ތަޖުރިބާ 30 ޕަސެންޓް) އަދި އިންޓަވިއު އެސެސްމަންޓް 30 ޕަސެންޓް) އެވެ.