Last Updated: April 25, 10:28
Thursday, April 25, 2024
ޚަބަރު

އެސްޓީއޯގެ ހިއްސާއަކަށް 65ރ. ބަހަން ނިންމައިފި

އެސްޓީއޯގެ މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ނިންމައިފި އެވެ.

އެކުންފުނިން ބުނީ މިދިޔަ އަހަރުގެ ސާފު ފައިދާ އިން ހިއްސާއަކަށް 65ރ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުން ނިންމީ އިއްޔެ ކަމަށެވެ. ހިއްސާއަކަށް ބަހާނެ މިންވަރު ކަނޑައެޅި ނަމަވެސް އެ އަދަދު ބަހާނީ އަހަރީ އާންމު ޖަލްސާގައި ފާސްކޮށްގެންނެވެ. އެސްޓީއޯގެ އަހަރީ އާންމު ޖަލްސާ ބާއްވާނެ ދުވަހެއް އަދި އިއުލާނެއްނުކުރެ އެވެ.

މިދިޔަ އަހަރުގެ ފައިދާއިން ހިއްސާއަކަށް 65ރ. ބަހަން ނިންމި އިރު، މިއީ 2020 ގައި ހިއްސާއަކަށް ބެހި މިންވަރާ އަޅާބަލާއިރު، 5ރ. އަދަދެކެވެ. އެކުންފުނިން 2020 ވަނަ އަހަރު ހިއްސާއަކަށް ބެހީ 60 ރުފިޔާއެވެ. އަދި 2019 އާއި 2018 ގައި ހިއްސާއަކަށް ބެހީ 58ރ. އެވެ.

އެސްޓީއޯ އަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި 478 މިލިއަން ރުިފޔާ ލިބުނު އިރު، މިއީ ކުރީ އަހަރާ އަޅާބަލާ އިރު، 33 ޕަސެންޓްގެ ކުރިއެރުމެކެވެ.