Last Updated: April 18, 06:09
Thursday, April 18, 2024
ޚަބަރު

މިމަހުގެ މިހާތަނަށް 51،000 އަށް ވުރެ ގިނަ ފަތުރުވެރިން

މި މަހުގެ މިހާތަނަށް 51،000 އަށްވުރެއް ގިނަ ފަތުރުވެރިން ރާއްޖެ ޒިޔާރާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ފުރަތަމަ 11 ދުވަހު ރާއްޖެއަށްވަނީ 51،919 ފަތުރުވެރިން ޒިޔާރަތް ކޮށްފައެވެ. މިއާއެކު ރާއްޖެއަށް މިއަހަރު މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 628،709 އަށް އަރާފައެވެ.

މިއަހަރު ޖެނުއަރީ މަހު ރާއްޖެއަށް 131،764 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު، ފެބުރުއަރީ މަހު 149،008 ފަތުރުވެރިން، މާޗް މަހު 150،739 ފަތުރުވެރިން އަދި އޭޕްރިލް މަހު 145،279 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން މިއަހަރު މިހާތަނަށް 80،102 ފަތުރުވެރިން ޒިޔާރާތްކޮށްފައިވާއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރި އިންޑިއާއިން އައިސްފައިވަނީ 79،562 ފަތުރުވެރިންނެވެ. އަދި ރަޝިޔާއިން 60،533 ފަތުރުވެރިން ޒިޔާރާތްކޮށްފައިވެއެވެ. މީގެއިތުރުން ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒްލެންޑް، އޮސްޓްރިއާ އަދި ސައުދި އަރަބިއްޔާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކޮށްފައިވެއެވެ.

ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ގައި 54،846 އެނދު އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނެނީ 164 ރިސޯޓުގައި 39،196 އެނދު، 659 ހޮޓެލް، ގެސްޓްހައުސްގައި 12،696 އެނދު އަދި ސަފާރީ އުޅަނދުފަހަރުގައި 2954 އެނދެވެ.