Last Updated: April 20, 11:49
Saturday, April 20, 2024
ޚަބަރު

އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެ އަށް ފަށައިފި

ރަޝިއާގެ އެއިރޯފްލޮޓްގެ ދަތުރުތައް އަލުން ރާއްޖެ އަށް މެދުކަނޑާލާފައި އޮންނަތާ ދެ މަހެއްހާ ދުވަސް ފަހުން މިއަދު އަލުން ދަތުރުތައް ފަށައިފި އެވެ.

އެ އެއާލައިންގެ ދަތުރުތައް ރާއްޖެ އަށް ހުއްޓާލީ މާޗް މަހުގެ ތެރޭގައި ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް ފެށި ހަނގުރާމައާ ގުޅިގެން އޭރު ރާއްޖޭން ދަތުރުތައް އެ މަހުގެ 8 ގައި ހުއްޓުވައިލުމުންނެވެ. އޭގެ ފަހުން ރަޝިއާގެ ގައުމީ އެއާލައިނުން ދަތުރުތައް ފެށުމަށް ހުއްދައަކަށް އެދުމުން ސިވިލް އޭވިއޭޝަނުން އެ ހުއްދަ ދިނެވެ.

އެއިރޯފްލޯޓްގެ ދަތުރައް ރާއްޖެ އަށް ހުއްޓައިލުމުން ރަޝިއާ އިން އަންނަ ޓޫރިސްޓުން ވެސް ވަރަށް ބޮޑަށް ދަށްވެފައިވެ އެވެ. ދަތުރުތައް ހުއްޓާލި އިރު ރަޝިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ މަންޒިލް ވެސް މެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް އެމްއޭސީއެލް) އިން ބުނީ މިއަދު ހެނދުނު އައި އެއިރޯފްލޮޓްގައި 296 މީހަކު ރާއްޖެ އައި ކަމަށެވެ. މިއަދު އަލުން ދަތުރުތައް ފެށުމާ އެކު ކޮންމެ ދުވަހަކު ދެން ދަތުރެއް ބާއްވާނެ އެވެ.