Last Updated: April 19, 11:14
Friday, April 19, 2024
ޚަބަރު

އެމްއެންޔޫ ހިތަދޫ ކެމްޕަހުގައި ނަރުހުންގެ ކޮންފަރެންސެއް

ހިތަދޫ ކެމްޕަހުގައި އިއްޔެ ބޭއްވި ކޮންފަރެންސް: ފޮޓޯ - ހިތަދޫ ކެމްޕަސް

ގައުމީ ޔުނިވަސިޓީގެ ހިތަދޫ ކެމްޕަހުގައި ނަރުހުންގެ ދުވަހާ ގުޅިގެން ޚާއްސަ ކޮންފަރެންސެއް ބާއްވައިފި އެވެ.

އިއްޔެ ހެނދުނު ހިތަދޫ ކެމްޕަހުގައި ބޭއްވި މި ކޮންފަރެންސްގައި އެމްއެންޔޫ ސްކޫލް އޮފް ނާސިންގެ ޑީން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އިއްޔެގެ ކޮންފަރެންސްގައި ހިތަދޫ ކެމްޕަހުގައި އެޑްވާންސް ޑިޕްލޮމާ އިން ނާސިން ކިޔަވާ ދަރިވަރުންގެ ތެރެއިން ހަތަރަ ދަރިވަރަކު ވަނީ ޢިލްމީ ކަރުދާސްތަކެއް ވެސް ހުށަހަޅައިފަ އެވެ.

މި ކޮންފަރެންސްގައި އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އާއި އަވަށްތަކު ސިއްހީ މަރުކަޒުތަކުގެ ނަރުހުން ވެސް ބައިވެރިވެފައިވެ އެވެ.

ހިތަދޫ ކެމްޕަހުގައި އޮތް މި ކޮންފަރެންސަށް އެހީތެރިވެދިން ފަރާތްތަކުގެ ތެރޭގައި ކުރެދު އައިލެންޑް ރިސޯޓާއި، އެލްފިން ކޮސްމެޓިކްސް އަދި ހެޕީ މާކެޓް ހިމެނެ އެވެ.

ހިތަދޫ ކެމްޕަހުގައި ނަރުހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތައް ބާއްވާފައިވާއިރު، އެ ކެމްޕަހުގެ ބެޗެލަރ އޮފް ނާސިންގެ ސެމިސްޓާ އަށެއްގެ ދަރިވަރުން ވަނީ ސިޓީ ސްކޮޔާގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ވެސް ބާއްވައިފަ އެވެ.