Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ކޯލިޝަނާ އެކީގައި ހެޔޮގޮތް ހޯދޭނެ: އިމްރާން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ކޯލީޝަންގެ ޕާޓީތައް އެކުގައި މަސައްކަތްކޮށް ރައްޔިތުންނަސް ހެޔޮ ގޮތް ހޯދޭނެ ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވަނީ އެމްޑީޕީ ޗެއާޕާސަންގެ އިންތިހާބު އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ކާމިޔާބު ކުރެއްވުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެގޮތުން އިމްރާން ވިދާޅުވީ ބައެއް ހާލަތްތަކުގައި ޕާޓީތަކުގެ އެތެރޭގެ މަސްލަހަތުތަކަކީ މުޅި ރައްޔިތުންގެ މަސްލަހަތާ ގުޅުންހުރި ކަންކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ގައުމާ ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދޭނެ." އިމްރާން ވިދާޅުވިއެވެ.

އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތީޖާތައް ދައްކާގޮތުން މިނިސްޓަރު ފައްޔާޒް ޗެއާޕާސަންގެ އިންތިހާބު ވަނީ ބޮޑުތަނުން ކާމިޔާބު ކުރައްވާފައެވެ. ފައްޔާޒް ވަނީ 2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ އެމްޑީޕީގެ ޓިކެޓް ރައީސް ސޯލިހަށް ދިނުމަސް ވަރަށް ބޮޑަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ.