Last Updated: June 12, 22:51
Friday, June 12, 2026
ޚަބަރު

ހޯރަފުށީ މަގު ހެދުން ކުރިއަށް

ހއ. ހޯރަފުށީ މަގުހެދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދަމުން އަންނަކަން އެމަސައްކަތް ކުރަމުން އަންނަ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ހޯރަފުށީ މަގުހެދުމުގެ މަޝްރޫއުގެ ދަށުން، ކާސްޓިންގ މަސައްކަތްތަކުގެ %84 ނިމިފައިވާ ކަމަށެވެ. އަދި އިލެކްޓްރިކަލް ޖަންކްޝަން ފޮށި ވަޅުލުމާއި ހޮޅި ވަޅުލުމުގެ މަސައްކަތުގެ %36 ނިމިފައިވާ ކަމަށާއި، ކަރބްސްޓޯން ބެހެއްޓުމުގެ މަސައްކަތްވެސް މިހާރު ކުރެވެމުންދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 5.3 ކިލޯ މީޓަރުގެ 11 މަގެއް ހެދުމާއި، 25،909 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުއްވާ ސަރަޙައްދު ޤާއިމުކުރުމާއި، 11،114 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ފެންހިންދާ ނިޒާމެއް ޤާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ހއ. ހޯރަފުށީ މަގުހެދުމުގެ މަޝްރޫއަކީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.